އައިޖީއެމްއެޗުގެ އައިނު ފިހާރައަށް ބޮޑު ޑިމާންޑެއް، ތިން ދުވަސް ތެރޭ 100 އެއްހާ އައިނު

މިހާރު

30 ޖުލައި 2025 | ބުދަ | 2:58

އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ނަންބަރު އައިނު ހައްދައިދިނުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މިދިޔަ އާދިއްތަ ދުވަހު ހުޅުވި ފިހާރައިން ތިން ދުވަސް ތެރޭގައި ސަތޭކައެއްހާ އައިނު ހައްދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ "އެމްސީޖީއެޗް" ފިހާރަ ހުޅުވައި، ޖެހިގެން އައި ހޯމަ ދުވަހުން ފެށިގެން ހިދުމަތް ދެމުން އަންނައިރު ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ.

ހޯމަ ދުވަހުގެ މެންދުރު 2 އިން ރޭގަނޑު 10 އާ ހަމައަށް އެކަނިވެސް 80 މީހުން އައިނު ހައްދަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް