އައިކެއާ އިން ސްކޫލް ބަންދަށް ހާއްސަ ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް

މިހާރު

30 ޖުލައި 2025 | ބުދަ | 3:57

މިހާރު ކުރިއަށްދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ބަންދަށް ހާއްސަ ކޮށްގެން އައިކެއާ އޮޕްޓިކަލްސް އިން ހާއްސަ ދެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލޮލުގެ ފަރުވާ އަށް ހާއްސަ ކޮށްގެން ރާއްޖޭގައި ހިންގާ ހަމައެކަނި ހޮސްޕިޓަލުން ފެށި ދެ ޕްރޮމޯޝަނަކީ އައިނުގެ ދުނިގަނޑުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޑިސްކައުންޓު ވައުޗަރުތަކެއް ލިބޭ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި، 1،500ރ. އަށް ވިއްކާ ދުނިގަނޑުން 500ރ. ގެ ޑިސްކައންޓު، 3،000ރ. ގެ ދުނިގަނޑުން 1،000ރ. ގެ ޑިސްކައުންޓު އަދި 4،500ރ. ގެ ދުނިގަނޑުން 1،500ރ. ގެ ޑިސްކައުންޓު ލިބޭނެ އެވެ.

މައުޟޫޢުތަށް