އާއިލާއާ އެކު ކުރި ފުރަތަމަ އުމްރާ އަށް ފަހު މަރު!

މިހާރު

30 ޖުލައި 2025 | ބުދަ | 4:52

ޗުއްޓީ ކައިރިވަމުން ދިޔަ ވަރަކަށް މަރިޔަމް ޝިޔާމާ އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އައީ ހަޔާތުގައި ކުރާ ފުރަތަމަ އުމްރާ ދަތުރަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކުގެ ފުރަތަމަ ޓާމު ނިންމައި ރިޕޯޓު ފޮތް ދީ، ސްކޫލުތައް ބަންދުވުމުން އާއިލާގެ ބައެއް މީހުންނާ އެކު، ހޮނިހިރު ދުވަހު އޭނާ އުމްރާގެ ދަތުރު ފެށީ އުފާވެރި މޫނަކާ އެކުގަ އެވެ.

އެކަމަކު، ރ. ފައިނު ސްކޫލުގައި ޓީޗަރަކަށް އުޅޭ މަރިޔަމްގެ ފުރަތަމަ އުމްރާ ވެގެން ދިޔައީ އޭނާގެ ފަހު ދަތުރަށެވެ.

މަރިޔަމް، 39، ނިޔާވީ ފުރަތަމަ އުމްރާ ނިންމައި، މަދީނާ އަށް ގޮސް އެނބުރި އައި މަގުމަތީގައި ގުބާ މިސްކިތުގައި ދެ ރަކުއަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއް ފަހުންނެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު އެކެއް ޖަހާކަށްހާއިރެވެ.

މައުޟޫޢުތަށް