އައިކެއާ އިން ހއ. ގައި 300 އަށް ވުރެ ގިނަ މީހުންގެ ލޯ ސްކްރީން ކޮށްދީފި

މިހާރު

30 ޖުލައި 2025 | ބުދަ | 5:07

ހއ. އަތޮޅުގެ ރަށްތަކުގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ލޯ ސްކްރީން ކޭމްޕުތައް ވަރަށް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފޯރުކޮށްދީ، ލޮލުގެ ދުޅަހެޔޮކަން ދެނެގަނެ ލޮލުގެ ސްކްރީނިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން 2023 ވަނަ އަހަރު ފެށި ހާއްސަ ޕްރޮގުރާމުގެ ދަށުން ހިންގި ކޭމްޕެކެވެ.

މި ފަހަރުގެ ޕްރޮގުރާމުގެ ދަށުން އައިކެއާ އިން ހއ. ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށް އަދި އުތީމުގައި ލޯ ސްކްރީން ކުރުމުގެ ކޭމްޕުތައް ވަނީ ހިންގައިފަ އެވެ. މި ކޭމްޕުތަކުގައި 300 އަށް ވުރެ ގިނަ މީހުންގެ ލޯ ސްކޭންކޮށް، ލޮލުގެ ފަރުވާއާ ގުޅޭ އެކި ހިދުމަތްތަކާއި ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް އައިކެއާ އިން ބުންޏެވެ.

މައުޟޫޢުތަށް