ބިންހެލުމަށް ފަހު އަލިފާން ފަރުބަދައެއް ގޮވައިފި، ސުނާމީގެ އިންޒާރު ކެންސަލް
މިހާރު
30 ޖުލައި 2025 | ބުދަ | 8:35
ޕެސިފިކް އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިތާ ގަޑިއިރުތަކެއް ފަހުން، ރަޝިއާގެ އިރުމަތީގައި އޮންނަ ކްލިއުޗެވްސްކޮއި އަލިފާން ފަރުބަދަ ގޮވައިފި ކަމަށް އެ ގައުމުގެ ޖިއޮފިޒިކަލް ސާވޭއިން ބުނެފި އެވެ.
"ކްލިއުޗެވްސްކޮއި ގޮވަން ފަށައިފި،" ފޮޓޯތަކާ އެކު ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ޖިއޮފިޒިކަލް ސާވޭއިން ބުނެފައިވެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ފަރުބަދަޔާ ދިމާލު މަތިން ގަދަ އޮރެންޖު ކުލައިގެ ހުޅުގަނޑު ފެންނަން ހުރެ އެވެ. ޖިއޮފިޒިކަލް ސާވޭއިން ބުނީ ފަރުބަދައިގެ ހުޅަނގު ފަރާތުން ދިޔާ އަލިފާން ވެސް ފައިބަމުންދާ ކަމަށެވެ. އަދި ބާރުގަދަ ގޮވުންތައް ވެސް ގޮވަމުންދާ ކަމަށް ބުންޏެވެ.