ލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި

މިހާރު

31 ޖުލައި 2025 | ބުރާސްފަތި | 12:21

ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ މިއީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

"ލަންކާއަށް ދާ ދިވެހިންނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެމުން. މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ގާތް ގުޅުން،" އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް