އާންމު މަޖިލީހުގައި ކެނެޑާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

މިހާރު

31 ޖުލައި 2025 | ބުރާސްފަތި | 6:39

ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ.

ކާނީ ވިދާޅުވީ މިއީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް ކެނެޑާއިން ޒަމާނުންސުރެ ގަބޫލުކުރާއިރު އެކަން ކުރުމަށް އޮތް އުންމީދު "ލޯ ކުރިމަތީގައި ފަނޑުވަމުންދާތީ" ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.

"ސެޕްޓެމްބަރު 2025 ގައި ބާއްވާ އދ.ގެ 80 ވަނަ އާންމު މަޖިލީހުގައި ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ގަސްތުކުރަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މައުޟޫޢުތަށް