ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލް މަޖިލިހުގެ މި ދައުރުގައި ނިންމަން މަސައްކަތް ކުރަނީ
މިހާރު
31 ޖުލައި 2025 | ބުރާސްފަތި | 10:24
ބިލް އިތުރަށް ދިރާސާ ކޮށްފައި އިސްލާހުތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަޖިލިހަށް ފޮނުވާނެ ކަމަށް އޭޖީ ވިދާޅުވި،
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި އެ ބިލް ނިންމަން މަސައްކަތް ކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީގަ އެވެ.