ޖާންވީ އާއި ސިދާތުގެ "ޕަރަމް ސުންދަރީ" އަޅުވަނީ އަންނަ މަހު 29 ގައި

މިހާރު

31 ޖުލައި 2025 | ބުރާސްފަތި | 10:27

ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" އަންނަ މަހު 29 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ.

މެޑޮކްސް ފިލްމްސް އިން ގެނެސްދޭ "ޕަރަމް ސުންދަރީ" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ. ނަމަވެސް، މި މަހު 18 ގައި ރިލީޒްކުރި "ސައްޔާރާ"އަށް ލިބުނު ތަރުހީބު ބޮޑުވުމުންނާއި މި މަހު 25 ގައި އަޖޭ ދޭވްގަންގެ އާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް ރިލީޒްކުރުމުން މެޑޮކްސް އިން ނިންމީ ފިލްމު ފަސްކުރުމަށެވެ.

އެހެންވެ، އަންނަ މަހު 29 ގައި "ޕަރަމް ސުންދަރީ" ޕްރިމިއާކުރަން ނިންމައި މެޑޮކްސް އިން މިހާރު ވަނީ އެކަން އިއުލާންކޮށްފަ އެވެ.

މައުޟޫޢުތަށް