އޮޓޮޕްސީން އާ ކަމެއް ނުފެނުނު، ތަހުގީގުން ވެސް ކުރިއެރުމެއް ނެތް!

މިހާރު

31 ޖުލައި 2025 | ބުރާސްފަތި | 12:47

އަބްދުއްރަހުމާން ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު އަދިވެސް ފުލުހުން ވަނީ ބަންދުކޮށްފައި.

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި ހެދި އޮޓޮޕްސީ ރިޕޯޓުން ވެސް ދެއްކީ އޭނާ މަރުވީ ބޮލަށް ދީފައިވާ ޒަހަމްތަކުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އުމުރުން 65 އަހަރު ނަމަވެސް ޖާނު ވަރުގަދަކޮށް ހުންނަ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެ މީހުން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނީ އެ ކޮޓަރީގެ ފާހާނާ އަށް ނާޒިމާ ވަން ވަގުތު އެވެ.

މައުޟޫޢުތަށް