ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި

މިހާރު

31 ޖުލައި 2025 | ބުރާސްފަތި | 10:29

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން އޮންލައިން މީޑިއާއެއްގައި ލިޔުނު ހަބަރެއް ޝެއާކުރުމަށްފަހު، މަސީހު މޫސާ ނަމަކަށް ކިޔާ މީހަކު ކުރި ފޭސްބުކްގައި މިއަދު ކުރި ޕޯސްޓުގައި ބުނީ އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް ކަމަށެވެ.

މައުޟޫޢުތަށް