އިޝްތިހާރު ކުރުމުގެ ހުއްދަ ނެތި ސޯޝަލް މީޑިއާ ޕްރޮމޯޝަން ހިންގުން ޔޫއޭއީގައި މަނާކޮށްފި

މިހާރު

1 އޯގަސްޓު 2025 | ހުކުރު | 12:26

ސޯޝަލް މީޑިއާގައި އެކި ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ ގޮތުން ކޮންޓެންޓު ޕޯސްޓްކުރެވޭނީ އިޝްތިހާރު ކުރުމުގެ ހުއްދަ އޮވެގެން ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ މީޑިއާ ކައުންސިލުން ހަމަޖައްސައިފި އެވެ.

އިންސްޓަގްރާމާއި ޓިކްޓޮކާއި ޔޫޓިއުބްގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި އެއްވެސް ޕްލެޓްފޯމެއްގައި ހިލޭ އަދި ފައިސާ ނަގައިގެން ވިޔަސް ވިޔަފާރި އާއި ހިދުމަތްތައް ޕްރޮމޯޓްކުރާ ނަމަ "އެޑްވައިޓައިޒާ ޕާމިޓް" ނަގަން ޖެހޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

މި ގަވައިދުގައި ބުނާ ގޮތުން ފުލްޓައިމް އިންފްލުއެންސާއެއް ނުވަތަ ދޭތެރެއަކުން ކޮންޓެންޓެއް ޕޯސްޓްކުރާ މީހަކަށް ވިޔަސް މިކަމުގައި އިސްތިސްނާއެއް ނޯންނާނެ އެވެ. މާނަ އަކީ، އެކުވެރިއެއްގެ ކެފޭއެއް ފަދަ ތަނެއް ފޮލޯވަރުންނަށް ބުނެދޭން ހަދާ ކޮންޓެންޓަކަށް ވެސް ހުއްދަ ނަގަން ޖެހުމެވެ.

މައުޟޫޢުތަށް