ޓީޓީ ފިރިހެން ޓީމަށް ދެކުނު އޭޝިއާގެ މުބާރާތަކުން ފުރަތަމަ ފަހަރަށް މެޑަލް

މިހާރު

2 އޯގަސްޓު 2025 | ހޮނިހިރު | 12:45

ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތުން ރާއްޖޭގެ ޓީޓީގެ އަންހެން އަދި ފިރިހެން ޓީމު ވެސް ލޯ މެޑަލް ހޯދައިފި އެވެ.

މިދިޔަ ބުދަ އަދި ބުރާސްފަތީގައި ނޭޕާލްގައި ކުރިއަށްދިޔަ މުބާރާތަކީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅުނު ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތެވެ.

އަންހެން ޓީމުގެ ކާމިޔާބަށް ވުރެ، މިފަހަރުގެ މުބާރާތުގައި ފާހަގަ ވީ ދިވެހި ފިރިހެން ޓީމުން ހޯދި ކުރި އެރުމެވެ. ފަސް ގައުމު ވާދަކުރި މުބާރާތަކީ ދެކުނު އޭޝިއާގެ މުބާރާތަކުން ރާއްޖޭގެ ފިރިހެން ޓީމުން ހޯދި ފުރަތަމަ މެޑައްޔެވެ.

މައުޟޫޢުތަށް