ލ. އަތޮޅު މުބާރާތާ އެކު ގޯލްޑް ކަޕްގެ ކޮލިފައިން ފަށައިފި
މިހާރު
2 އޯގަސްޓު 2025 | ހޮނިހިރު | 3:08
ލ. އަތޮޅުގައި ބާއްވާ ލާމަސީލު ލާމް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތާ އެކު ގޯލްޑް ކަޕްގެ ކޮލިފައިން ފަށައިފި އެވެ.
ގޯލްޑް ކަޕްގެ މިފަހަރު މުބާރާތް 28 ޓީމުން ވާދަކުރާ ގޮތަށް ހަމަޖައްސައި 18 ޓީމެއް ކޮލިފައިން މަރުހަލާއިން ކަނޑައަޅަން، ގޯލްޑް ކަޕް އިންތިޒާމުކުރާ ނައިންޓީ ޕްލަސްއިން ނިންމި އެވެ.
ކޮލިފައިން ބާއްވަނީ 18 އަތޮޅުގަ އެވެ. ލ. އަތޮޅުގެ ކޮލިފައިވާ ޓީމު ހޮވަނީ، އެ އަތޮޅު ކައުންސިލުން ބާއްވާ ލާމަސީލު ލާމު ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގެ މިފަހަރުގެ ޗެމްޕިއަން ޓީމު ނިސްބަތްވާ ރަށަށް، ގޯލްޑް ކަޕުގެ ޖާގަ ލިބޭނެ އެވެ.