އިމްރާންގެ ޕާޓީގެ 108 މެންބަރަކު ޖަލަށް ލައިފި
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 6:07
ޕާކިސްތާނުގައި 2023 ވަނަ އަހަރު އަސްކަރިއްޔާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ބުނެ، މިހާރު ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ 108 މެމްބަރަކު ޖަލަށްލައިފި އެވެ. މީގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ.
މިއީ މެއި 2023 ގައި އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށް ކޯޓަށް ހާޒިރުކުރުމާ ދިމާކޮށް މުޅި ގައުމުގައި ކުރި ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ މައްސަލައިގައި ހުކުމް އައި ބައެކެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި އެތައް ހުކުމެއް އިއްވާފައިވީ ނަމަވެސް، ބުރާސްފަތި ދުވަހު އިއްވި ހުކުމްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރު އުމަރު އައްޔޫބް ޚާންގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ހުކުމަކީ އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.