ޖޭއެސްސީން ލަފާދޭން ނިންމީ އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން

މިހާރު

2 އޯގަސްޓު 2025 | ހޮނިހިރު | 8:27

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ޖޭއެސްސީން މިއަދު ކުރި އިންޓަވިއުއަށް ފަހު ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަޔު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވިއިރު ،ޝައުގުވެރިކަން ފާޅުކުރެއްވީ ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު ކުރި އިންޓަވިއު ފަހު ވަނީ މާކްސް ދީފައި ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

މައުޟޫޢުތަށް