އޮޅުހިޔާގެ ޖާގަ 100 އަށް ބޮޑުކޮށް، އިތުރު 75 ބުޅާ މަގުތަކުން ނަގައިފި

މިހާރު

2 އޯގަސްޓު 2025 | ހޮނިހިރު | 11:49

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގެ ކަރަންޓީން ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފި އެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ސަރުކާރު ވެބްސައިޓުގައި މިރޭ ބުނީ އޮޅުހިޔާގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށްފައި ވާތީ، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ވިއްސާރައާ ގުޅިގެން އެ މަސައްކަތް މެދުކެނޑާލުމަށް ފަހު މިއަދު އަލުން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އޮޅުހިޔާ ހުޅުވިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި ކަރަންޓީން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށެވެ. އެހެންވެ، އޭރު ކޮށިތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދި ކަމަށާއި އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ބުޅާތައް އެ ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް