ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އަގުތައް 29 ޕަސެންޓަށް އުފުލިއްޖެ
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 10:38
ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެއްޗާއި އެކޮމޮޑޭޝަން ހިދުމަތްތައް ނުވަތަ ކުލީގެ އަގުތައް 29 ޕަސެންޓަށް އުފުލިއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އެއީ އެންމެ ބޮޑަށް އިންފްލޭޝަން އުފުލިފައިވާ ދެ ދާއިރާ އެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު އެވްރެޖުކޮށް ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އިންފްލެޝަން ހުރީ 29.5 ޕަސެންޓުގަ އެވެ. އަދި ދެވަނަ ކުއާޓާގައި އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގަ އެވެ.
އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ވުރެ 40 ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ 0.7 ޕަސެންޓުގަ އެވެ.