ޔޫތު ލެވެލް ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ހޯދައިދޭނަން: ތޯރިގް

މިހާރު

3 އޯގަސްޓު 2025 | އާދިއްތަ | 12:04

ޑިވެލޮޕްމެންޓް ފުޓްބޯޅަ ނުވަތަ ޔޫތު ގައުމީ ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދޭނެ ކަމަށާއި އެކަމަކު، އެކަންކަން ނިންމާނީ ޓެކްނިކަލް މީހުންގެ މަޝްވަރާގެ މަތިން ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްއާ ގުޅިގެން މޯލްޑިވްސް ސޮކަ މޭޓްސްއިން މިދިޔަ އަހަރު ބާއްވަން ފެށި ދިވެހި ޔޫތު ލީގަކީ ޑިވެލޮޕްމެންޓް ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވާ އެއް މުބާރާތެވެ. ދެން އޮތީ މިދިޔަ ދެ އަހަރު މެދުކެނޑުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު އެކި އުމުރުފުރާތަކަށް ޔޫތު ޗެމްޕިއަންޝިޕް ވެސް އެފްއޭއެމުން ބާއްވަ އެވެ.

އިންޓަ ސްކޫލް ބާއްވި އިރު ބޭއްވީ މުބާރާތް ކުރުގަޅުވާލައިގެން އަވަހަށް ނިންމައިލެވޭތޯ އެވެ. ޔޫތު ޗެމްޕިއަންޝިޕަކީ ކުރު މުބާރާތެކެވެ. ވާދަވެރި ލީގެއްގެ ގޮތުގައި މިދިޔަ އަހަރު ދިވެހި ޔޫތު ލީގުގައި ތިން އުމުރުފުރާއަކުން އެއް ބުރުގެ ލީގެއް ކުޅުނެވެ.

މައުޟޫޢުތަށް