ފަރަށް އެރި ދޯންޏެއް އަޑިއަށް، ދަތުރުކުރި މީހުން ސަލާމަތް ކޮށްފި
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 11:55
މާލެ އިން މުދާ ބަރުކޮށްގެން ތިން މީހުންނާ އެކު ތ. ވޭމަންޑުއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އަޑިއަށް ހިނގައްޖެ އެވެ.
''އަލްމަޖްރާ'' ނަމަކަށް ކިޔާ ދޯނި އެރީ މ. ދިއްގިރި ކައިރި ފަރަކަށެވެ.
ފުލުހުން ބުނީ އެ ދޯނި ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:34 ހާއިރު ކަމަށެވެ.