އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ ގުޅިގެން ސިމްޑީއިން ހާއްސަ ވޯކްޝޮޕެއް
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 3:02
ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ސިމްޑީ ރެސޫއިން އިލެކްޓްރޮލަކްސް ޕްރޮފެޝަނަލްއާ އެކު "ދަ ފިއުޗާ އޮފް ސަސްޓެއިނަބަލް ލޯންޑްރީ އެންޑް ފެބްރިކް ކެއާ" ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ހިންގައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ބޭއްވި އެ ވޯކްޝޮޕަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ވޯކް ޝޮޕެކެވެ. އެ ވޯކްޝޮޕްގައި ރިސޯޓުތަކާއި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލޯންޑްރީގެ އާ ޓެކްނޮލަޖީތަކާއި އެ ދާއިރާގައި ހުރި އިކޯފްރެންޑްލީ ޕްރެކްޓިސްތައް ވަނީ ދަސްކޮށްދީފަ އެވެ.
އެ ވޯކްޝޮޕް އިސްކޮށް ކުރިއަށް ގެންދެވީ އިލޮކްޓްރޮލަކްސް ޕްރޮފެޝަނަލްއިން އޭޝިއާ ޕެސިފިކް ރީޖަނަށް ކަނޑައަޅާފައި ހުރި ލެގޫން ސްޕެޝަލިސްޓު ޖިން ހޮކް ކޯ އެވެ. އޭނާ އަކީ ކޮމާޝަލް ލޯންޑްރީގެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި މީހެކެވެ.