ބޭސްފަރުވާއަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 12:19
ބޭސްފަރުވާގެ ކަންކަމަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް ސިއްހީ އެކިއެކި ހިދުމަތްތައް ހޯދަން އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
މިނިސްޓްރީން އެ މަސައްކަތް ކުރާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.