ރަޝިޔާގެ އަލިފާން ފަރުބަދައެއް 500 އަހަރުތެރޭ ފުރަތަމަ ފަހަރަށް ގޮވައިފި
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 7:46
ރަޝިއާގެ އިރުމަތީގައި ހުންނަ އަލިފާން ފަރުބަދައެއް 500 އަހަރުތެރޭ ފުރަތަމަ ފަހަރަށް ގޮވައިފި އެވެ.
މިއީ މިދިޔަ ހަފުތާގައި އައި ބާރުގަދަ ބިންހެލުމާ ގުޅިފައިވާ ހާދިސާއެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ކަމްޗަޓްކާގެ ކްރަޝެނިންނިކޯވް އަލިފާން ފަރުބަދަ ގޮވި އިރު ހަ ކިލޯމީޓަރު (3.7 މޭލު) މައްޗަށް އަޅިތައް އަރައިގެން ދިޔަ އެވެ. ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ބުނި ގޮތުގައި މިއީ އެކަހެރި ހިސާބެއްގައި ހުންނަ ފަރުބަދައަކަށް ވުމުން، މީހުން އުޅޭ ސަރަހައްދުތަކަށް މިކަމުގެ އެއްވެސް ނުރައްކަލެއް ނެތެވެ.