8،000 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބައޮތް، އިނގިލި ދިއްކޮށްގެން ހައްލެއް ނެތް: ޖޭއެސްސީ
މިހާރު
3 އޯގަސްޓު 2025 | އާދިއްތަ | 11:47
ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން މާލޭގެ ސުޕީރިއާ ކޯޓުތަކުގައި މިދިޔަ ޖޫން މަހުގެ 19 އާ ހަމައަށް ބަލާއިރު ނުނިމި 8،000 އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާއި އެހެންވެ، އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށްގެން އެ ކަމަށް ހައްލެއް ނެތް ކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކޯޓުގައި މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ރިޒާ ވިދާޅުވީ، ވަރަށް ދުވަސްވީ މައްސަލަތައް ސުޕްރީމް ކޯޓުގައި މިހާރު ވެސް އެބަހުރި ކަމަށެވެ. ހާއްސަކޮށް މަރުގެ މައްސަލަތައް އެ ކޯޓުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.