4،000 ފްލެޓު ދޫކުރުން: މިހާތަނަށް ސޮއިކުރެވުނީ 1،202 މީހަކާ އެކު

މިހާރު

15 އޯގަސްޓު 2025 | ހުކުރު | 5:08

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުންނާ އެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން މިއަދު ބުނެފި އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރަން އެ ކޯޕަރޭޝަނުން ފެށީ މިދިޔަ މަހުގެ 21 ގަ އެވެ.

އެފްޑީސީން މިއަދު ބުނީ، އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ މަހެއް ވާން ކައިރި ވެފައިވާއިރު މިހާތަނަށް 1،202 މީހުންނާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް