ހާފިޒުންގެ އެލަވަންސް 4،000 ރުފިޔާ އަށް ބޮޑުކޮށްފި

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 10:29

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000ރ. އަށް ބޮޑުކޮށްފި އެވެ.

ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ.

އެ އެލަވަންސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ.

މައުޟޫޢުތަށް