ދުންފަތް މުޅިން ހުއްޓާލާ ރަށްތަކުގެ އެންމެންނަށް ފައިސާގެ އިނާމުދިނުމުގެ ދިރާސާއަށް ހިޔާލު ހޯދަނީ
މިހާރު
4 އޯގަސްޓު 2025 | ހޯމަ | 1:40
ދުންފަތުގެ އިސްތިއުމާލްކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ އެންމެންނަށް ފައިސާގެ އިނާމު ދިނުމާ ގުޅޭ ދިރާސާއަށް ހިޔާލުހޯދަން ފަށައިފި އެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ދުންފަތް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ރަށްތަކެއް ކަނޑައެޅުމުގެ ދިރާސާއެއް ހަދަން ކަމާބެހޭ އިދާރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
އެ ދިރާސާއަށް ހިޔާލު ހޯދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ފަށައިފަ އެވެ.