ޝާހުއަށް ފުރަތަމަ ފަހަރަށް ގައުމީ ފިލްމު އެވޯޑް ލިބިއްޖެ

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 1:40

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ދިގު ފިލްމީ ކެރިއަރުގައި އޭނާއަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑް ލިބިއްޖެ އެވެ.

އިންޑިއާގެ ސަރުކާރުން ދޭ ގައުމީ ފިލްމު އެވޯޑް މި އަހަރު ލިބޭ ފިލްމުތަކާއި ފަންނާނުންގެ ނަންތައް މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމު އެވޯޑް ޝާހުއަށް ލިބުނީ 2023 ވަނަ އަހަރު ނުކުތް އޭނާގެ އެކްޝަން ފިލްމު "ޖަވާން"ގައި ކުޅުނު ރޯލުންނެވެ. މިއީ، އޭނާއަށް ގައުމީ ފިލްމު އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޝާހުގެ ފިލްމުތަކަށް ގައުމީ ފިލްމު އެވޯޑް ލިބިފައި ވިޔަސް، އޭނާއަށް އެވޯޑެއް ނުލިބެ އެވެ.

މައުޟޫޢުތަށް