އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ކޮމެޓީން ރުހުން ދީފި

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 2:40

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް އެެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އޭގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޣަނީ އައްޔަން ކުރުމަށެވެ. އަދި އެ ކޮމިޝަންގެ ލަފާގައި ދެވަނައަށް އިސްކަން ދިނީ ގާޒީ އަބްދުﷲ ގެ ނަމަށެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މަޖިލީހަށް ނަން ފޮނުއްވީ އެގޮތަށެވެ.

މައުޟޫޢުތަށް