ދޯންޏެއްގައި އެއްޗެއް ގޮވައި މާޅޮހުގައި ފިހުނު އެކަކު އަދިވެސް އައިސީޔޫގައި

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 4:06

އއ. މާޅޮހު ދޯންޏެއްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ 8:45 ހާއިރު ހިނގި އެ ހާދިސާގައި ފިހުނީ "ނަސްރު 7" ދޯނީގައި ގެންގުޅޭ އިންޑިއާގެ ދެ ބިދޭސީންނެވެ. އެއީ 40 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.

އެ ދެ މީހުންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އެރޭ ވަނީ މާލެ ގެނެސްފަ އެވެ.

މައުޟޫޢުތަށް