ރާއްޖޭގައި ވެސް އިންވެސްޓްކޮށްފައިވާ ބިލިއަނަރު އޮންގު ކުށަށް އިއުތިރާފުވެއްޖެ
މިހާރު
4 އޯގަސްޓު 2025 | ހޯމަ | 5:27
އޮންގަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން އެދުނަސް އޭނާ ކެންސަރަށް ފަރުވާ ހޯދަމުން އަންނާތީ ޖޫރިމަނާއަކުން މައްސަލަ ނިމުން އެކަށީގެންވޭ
ހޮޓެލް ވިޔަފާރީގައި މަޝްހޫރު އަދި ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ބިލިއަނަރު އޮންގް ބެންގް ސެންގުގެ މައްޗަށް ސިންގަޕޫރުގައި އުފުލި އަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާއަށް އޭނާ މިއަދު އިއުތިރާފުވެއްޖެ އެވެ.
ސިންގަޕޫރަށް "ފޯމިއުލާ ވަން" ގެނައުމުގައި އެހީތެރިވި އޮންގުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރު ސިންގަޕޫރުގެ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންގެ މައްޗަށް ޖަލު ހުކުމެއް އައި ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިންނެވެ.