ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 6:31

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ހަތް ކުދިން ފޮނުވަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ.

މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަން ނިންމި 10 ކުދިންގެ ތެރެއިން ތިން ކުދިން ފޮނުވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

މައުޟޫޢުތަށް