ޕޮލްކޯގެ މައްސަލައިގެ ހިލުންގަނޑާ އެކު، ބޮޑެތި މައްސަލަތައް ބަލަން އޭސީސީގައި ހާއްސަ ސެކްޝަނެއް

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 6:38

ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ހުރި ކަމަށް ނާޒިމް ވިދާޅުވި.

ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ އެކު، އެފަދަ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހާއްސަ ސެކްޝަނެއް އުފެއްދުމުގެ ކަންކަން ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީ އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.

ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ބެލި ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޓީން އެ މައްސަލާގައި ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ.

މައުޟޫޢުތަށް