އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް

މިހާރު

4 އޯގަސްޓު 2025 | ހޯމަ | 11:01

އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފްކުރަން ނިންމައިފި އެވެ.

މިރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އާންމުންނަށް ފަސޭހައިން ތަކެތި ލިބޭނެ ގޮތްތައް ފަހި ކުރުމަށް މިދިޔަ ދެ އަހަރެއްްހާ ދުވަހު މުހިއްމު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ދެ ރޯދަ މަހު ވެސް، އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުތަކެއްގައި ކާބޯތަކެތި ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ވަރަށް އަވަހަށް ތައާރަފް ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިއްމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ ދުވަހެއްގެ ތެރޭގައި އެ އިދާރާއިން އެކަން އާންމު ކުރާނެ ކަމަށެވެ.

މައުޟޫޢުތަށް