ޔޫކޭގައި ދެ ބުޅަލަށް އަނިޔާކޮށް މެރި 17 އަހަރުގެ ދެ ކުދިން ޖަލަށް ލައިފި
މިހާރު
5 އޯގަސްޓު 2025 | އަންގާރަ | 6:46
އިނގިރޭސި ވިލާތުގައި ދެ ބުޅަލަން ބޮޑެތި އަނިޔާދީ މެރުމުގެ ކުށުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ޖަލަށް ލުމަށް އިއްޔެ ހުކުމްކޮށްފި އެވެ.
ފިރިހެން ކުއްޖާ އެއް އަހަރަށް އަދި އަންހެން ކުއްޖާ ނުވަ މަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުގެ ވަކީލުން ބުނީ ފިރިހެން ކުއްޖާ އަކީ މީހަކު މަރާލަން ގަސްތުކޮށް، އެފަދަ ކަމެއް ކޮށްފައި ފަޅާނާރާނެ ގޮތްތައް ދަސްކުރަން މައުލޫމާތު ވެސް ހޯދާފައިވާ ކުއްޖެއް ކަމަށެވެ.