ތުޅާދޫން ދޭ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

މިހާރު

5 އޯގަސްޓު 2025 | އަންގާރަ | 1:27

ސަރުކާރުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

ތުޅާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން އެ ރަށު ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިން ޔުނިޓާއި އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

އެ ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ސިޓީންނާއި އީ-މެއިލް މެދުވެރިކޮށް ކައުންސިލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މައުޟޫޢުތަށް