ޝަހީދު ނަން އަނބުރާ ނެގުމުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އަލުން ކުރިމަތިލާން ހުޅުވާލައިފި

މިހާރު

5 އޯގަސްޓު 2025 | އަންގާރަ | 1:34

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ނަން އަނބުރާ ނެންގެވުމުން އެ މަގާމަށް އަލުން ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ދެ މަގާމަށް 17 ބޭފުޅަކު ކުރިން ކުރިމަތިލައްވާފައި ވަނިކޮށް ޖޭއެސްސީން ނިންމީ މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރުމަށެވެ.

ނަމަވެސް ޕީޕީއެމް އަދި ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ޝަހީދު އެ މަގާމަށް އައްޔަން ކުރާތީ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ފަހުން ވަނީ ނަން އަނބުރާ ނަންގަވައި، ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެ ވަޑައިގެންފަ އެވެ.

މައުޟޫޢުތަށް