ޕޮލްކޯއާ ގުޅޭ ގޮތުން ވިސުލްބްލޯވަރުންގެ ވާހަކަތައް ކޮމިޓީއަށް

މިހާރު

5 އޯގަސްޓު 2025 | އަންގާރަ | 2:31

ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން ނުވަތަ ލިބިފައިވާ ސިއްރު މައުލޫމާތުތައް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯގެ އިތުރު މައްސަލަތަކާ ގުޅޭ ގޮތުން ވިސުލްބްލޯވަރުން މަޖިލީހާ ހިއްސާކުރި މައުލޫމާތުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ ސިއްރުން ކަމަށެވެ. ސަބަބަކީ، އޭގެ ބައެއް މައްސަލަތަކުގައި ފުލުހުންގެ މިހާރުގެ ވެސް ވެރިންގެ އަނބިދަރިންނާއި އާއިލާގެ މީހުންނާ ގުޅުން ހުރި މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ މެދުވެރިކޮށް ޕޮލްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ.

މައުޟޫޢުތަށް