ގެއްލުނު ކުއްޖާ މަގުމަތިން ފެނިއްޖެ

މިހާރު

5 އޯގަސްޓު 2025 | އަންގާރަ | 9:37

ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ.

ގެއްލުނުތާ ތިން ދުވަސް ފަހުން މިއަދު ހޯދަން އިއުލާންކުރި އެ ރަށު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ފެނުނީ ނައިފަރު މަގުމަތިން މިރޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުއްޖާ ފެނުނު އިރު ހާލު ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން މިއަދު މެންދުރު ބުނި ގޮތުގައި ނައިފަރުގައި އެ ކުއްޖާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:25 ހާއިރު އެވެ. ހޯދަން އިއުލާނުކުރީ އޭގެ ފަހުން ހަބަރެއް ނުވެގެންނެވެ.

މައުޟޫޢުތަށް