ވޮލީގެ މަޝްހޫރު ވ. ގެ އަތޮޅު މުބާރާތް މި މަހު 15 ގައި

މިހާރު

5 އޯގަސްޓު 2025 | އަންގާރަ | 10:08

ވޮލީ އަށް އެންމެ މަޝްހޫރު ވ. އަތޮޅުގެ އަތޮޅު މުބާރާތް މި މަހު 15 ގައި ފަށަން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ވ. އަތޮޅު ކުޅުންތެރިން ޑޮމިނޭޓްކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރޭގައި ވެސް އެންމެ ހުނަރުވެރި ކުޅުންތެރިން ނިސްބަތްވަނީ ވ. އަތޮޅަށެވެ.

އެ އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް މިފަހަރު އޮންނާނީ ފެލިދޫގަ އެވެ. ފެލިދޫގައި މުބާރާތް ބާއްވަން ނިންމީ އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވި ގޮތުގައި މި ދުވަސްވަރު މޫސުން ހުރި ގޮތުން އެންމެ އެކަށީގެންވާ މާހައުލެއް އެ އަތޮޅުން ލިބެން އޮތީ އެ ރަށުން ކަމަށް ވާތީ އެވެ.

މައުޟޫޢުތަށް