ހަފުތާއެއް ނުވަނީސް ހުރާގެ މޮނިއުމަންޓަށް ގެއްލުންދީ، ހަލާކުކޮށްލައިފި

މިހާރު

6 އޯގަސްޓު 2025 | ބުދަ | 10:52

ކ. ހުރާގެ ބަނދަރުމަތީގައި އެ ރަށު ކައުންސިލްގެ ފަރާތުން މޮނިއުމަންޓް ބެހެއްޓިތާ ހަފުތާއެއް ނުވަނީސް އެ ތަން ހަލާކުކޮށްލައިފި އެވެ.

ޓޫރިސްޓުންގެ މެދުގައި "ކްރެބް އައިލެންޑް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ހުރާގެ ބަނދަރުމަތީގައި ބެހެއްޓި މޮނިއުމަންޓުގައި އެ ރަށުގެ ނަމާ އެކު، ހަރުކޮށްފައި ހުރީ ރަތް ކަކުންޏަކާއި މާކަނަ އެކެވެ.

ހުރާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފައިބަރުން ހަދާފައިވާ މޮނިއުމަންޓުގެ ބައެއް ތަންތަނަށް ގެއްލުންދީ، އިއްޔެ ރޭ ދަންވަރު ހަލާކު ކޮށްލާފައިވާ އެވެ.

މައުޟޫޢުތަށް