ޔަސީން ތިން ވަނަ ބުރަށް، ދެ ކަޔާން ދިޔައީ ދެ ވަނަ ބުރަށް

މިހާރު

6 އޯގަސްޓު 2025 | ބުދަ | 11:01

އިންޑިއާގެ ޓެމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް ޖޫނިއާ ކެޓަގަރީން ރާއްޖޭގެ ޔަސީން އަހުމަދު ނާޝިދު ތިން ވަނަ ބުރަށް، އަދި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ޖޫނިއާ ކެޓަގަރީ ކުރިއަށްދަނީ ފުރަތަމަ ބުރުގެ ކޮންމެ ހީޓެއްގެ އެއް ވަނަ އާއި ދެ ވަނަ ހޯދާ ސާފަރުން ތިން ވަނަ ބުރަށް ދާ ގޮތަށެވެ. އަދި ތިން ވަނަ އަށް ދާ ސާފަރުން ދާނީ ދެ ވަނަ ބުރަށެވެ. ސީނިއާ ކެޓަގަރީގައި ތިން ވަނަ ބުރުން ފުރުސަތު ލިބެނީ ހަމައެކަނި ފުރަތަމަ ބުރުގެ ހީޓުތަކުގެ އެއް ވަނަ އަށެވެ.

ރާއްޖޭގެ ޔަސީން ދިޔައީ ފުރަތަމަ ބުރުގެ ހީޓުގެ ދެ ވަނަ އަށެވެ. އަދި ކަޔާން އަރީފާއި، ޔޫސުފް ކަޔާން ދިޔައީ ފުރަތަމަ ބުރުގެ ހީޓުގެ ތިން ވަނަ އަށެވެ.

މައުޟޫޢުތަށް