ޔުމްނުގެ މައްސަލާގައި ހޯމް މިނިސްޓަރާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަނީ
މިހާރު
6 އޯގަސްޓު 2025 | ބުދަ | 3:08
މިދިޔަ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މިއަދު ހުށަހަޅައިފި އެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އޭނާއަށް މިހާރު ފަރުވާދެނީ މެލޭޝިއާގަ އެވެ.
އެ މައްސަލާގައި މިނިސްޓަރު އިހްސާން މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.