ރަންފަރަކީ، މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
މިހާރު
6 އޯގަސްޓު 2025 | ބުދަ | 7:01
އއ. ރަންފަރު ފަޅަކީ، އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ގަރާރުގައި ވަނީ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ރަންފަރު ފަޅަކީ މާޅޮސްގެ ބައެއްގެ ގޮތުގައި އިތުރުކޮށް އެ ފަރުގެ ގެ ނަން ދިވެހިންނާއި އިނގިރޭސިން ލިޔާނެ ގޮތް ކަނޑައަޅުއްވައިފަ އެވެ.
ރަންފަރަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެ އަތޮޅުގެ ރަށްތަކަށް މިދިޔަ ޑިސެމްބަރުގައި ރައީސް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެކެވެ.