ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް
މިހާރު
6 އޯގަސްޓު 2025 | ބުދަ | 6:45
ތައުލީމީ ދާއިރާއަކީ ގައުމެއްގެ ކުރިމަގު ބިނާވެގެންދާ އެންމެ މުހިންމު އެއް ދާއިރާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް ހާއްސަ އަހުމިއްޔަތުކަމެއް ދޭކަން ފާހަގަކުރެވެ އެވެ.
މި އަހަރުގެ މިހާތަނަށް ބޭންކުން ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައި ވެ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައި ވެ އެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދެވިފައި ވެ އެވެ.