މާ ހިކި މޮޑެލްއަކު ދައްކާތީ ޒާރާގެ ދެ އިޝްތިހާރެއް ޔޫކޭގައި މަނާކޮށްފި

މިހާރު

7 އޯގަސްޓު 2025 | ބުރާސްފަތި | 6:23

ސްޕެއިންގެ ކްލޯތިން ގްރޫޕް ޒާރާގެ ދެ އިޝްތިހާރެއްގައި މާ ހިކި މޮޑެލް އަކު ދައްކާތީ އެ އިޝްތިހާރުތައް އިނގިރޭސި ވިލާތުގައި މަނާކޮށްފި އެވެ.

އެޑްވަޓައިޒިން ސްޓޭންޑާޑްސް އޮތޯރިޓީ (އޭއެސްއޭ) އިން ބުނީ އެ އޮތޯރިޓީން ފިޔަވަޅު އެޅީ މިދިޔަ މެއި މަހު ޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިޝްތިހާރުތަކާ ގުޅޭ ގޮތުން ޝަކުވާތައް ލިބުމުން އެކަން ބެލުމަށް ފަހުގައި ކަމަށެވެ.

އެއް އިޝްތިހާރުގައި މޮޑެލްއެއްގެ ކޮނޑު ކަށިގަނޑު ވަރަށް ބޮޑަށް ފެންނަން ހުންނައިރު އޭނާ ފޮޓޯއަށް ހުއްޓި ހުންނަ ގޮތުން އަދި މާބޮޑަށް ހިކި ކަމަށް ދައްކަ އެވެ.

މައުޟޫޢުތަށް