ކައުންސިލްތަކުގެ މާލީ ބާރު ކަނޑުވާ ބިލު ތަސްދީގު ނުކުރަން އެމްޑީޕީން ގޮވާލައިފި
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 1:04
ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ހަނިކުރާ ބިލު ތަސްދީގު ނުކުރުމަށް އެމްޑީޕީން މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ.
އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެފަދަ އިސްލާހެއް ގެނައީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ސަރުކާރަށް ނުކުރެވޭއިރު، އެ މަސައްކަތްތައް ކައުންސިލުން ކުރާތީ އެކަންތައް ހުއްޓުވުމަށް ކަމަށެވެ.
އެ ބިލާ ދެކޮޅަށް މިހާތަނަށް 56 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައި ބަޔާން ނެރެފައި އޮއްވައި ވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އެ ކަންބޮޑުވުންތައް އަޑުނާހައި، އެ ބިލު ފާސްކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.