އޯޕަން މާކެޓް އޮޕަރޭޝަން ފަށައި، 2.1 ބިލިއަން އެމްއެމްއޭ އަށް ވައްދައިފި

މިހާރު

7 އޯގަސްޓު 2025 | ބުރާސްފަތި | 12:21

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، އެ ތަނަށް 2.1 ބިލިއަން ރުފިޔާ ވައްދައިފި އެވެ.

އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.

ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.

މައުޟޫޢުތަށް