އައިޔޫއެމް އާއި ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ޑިޕްލޮމާ ކޯސް ހިންގަނީ
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 10:48
މިއީ ހުރިހާ ހަރަދެއް މިނިސްޓްރީން ކުރާ ސެން ޓީޗިން ކޯހެއް.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ، ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އައިޔޫއެމް އިން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.