ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ

މިހާރު

7 އޯގަސްޓު 2025 | ބުރާސްފަތި | 11:21

ހދ. ކުމުންދޫ ކައިރިއަށް ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މިއަދު ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

އެ ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން މަރުވީ 66 އަހަރުގެ ދިވެއްސެކެވެ.

ފުލުހުން ބުނި ގޮތުގައި ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފުނަދުއަށް ދަތުރުކުރި ދޯނި ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފުން ގެންދިޔައީ، ކުޅުދުއްފުއްޓަށެވެ.

މައުޟޫޢުތަށް